ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އެމް.އެން.ޔޫ.އެސް.ޔޫ ގެ ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުމަށް ކޯޑުލެބާއެކު އެއްބަސްވެއްޖެ އެވެ.
މި ވެބްސައިޓް އަލުން ފަރުމާކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޯޑްލެބް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވާ އިރު، މި އެއްބަސްވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޢަބްދުﷲ ޝަހުނީޒް އެވެ. އަދި ކޯޑްލެބްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ކްރިއޭޓިވް ޑިރެކްޓަރ އަޙްމަދު ނަވީހް އެވެ.
މި އެއްބަސްވުމުގެ ދަށުން އެމް.އެން.ޔޫ.އެސް.ޔޫ ގެ ވެބްސައިޓް އަލުން ފަރުމާކޮށް ބެލެހެއްޓުމަށާއި، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތަކާއި، އިތުރުކުރަންޖެހޭ ބައިތައް އިތުރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި އެއްބަސްވުމުގައި، އެމް.އެން.ޔޫ.އެސް.ޔޫ އިން ހިންގާ އެކިއެކި ހަރަކާތް ތަކުގައި ކޯޑްލެބް އިޝްތިހާރުކުރުމަށްވެސް ވަނީ އެއްބަސްވެފަ އެވެ.
އެމްއެންޔޫއެސްޔޫގެ މީޑިއާ ކޯޑިނޭޓަރ ޝުޢައިބް މުޙައްމަދު އިޤްބާލު ވިދާޅުވީ ވެބްސައިޓަށް ގެނެވޭ ބަދަލާއެކު އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ޙަރަކާތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި މިއީ މިދައުރުގެ ތެރޭގައި މީޑިއާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ފެށުނު ކަމެއް ކަމަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ފުރަތަމަ ވެބްސައިޓް ބޭނުންކުރަން ފެށީ 2016ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ބޭނުންކުރަމުންދިޔަ ވެބްސައިޓް ހުއްޓާލުމަށް ފަހު، އަލުން ފަރުމާކޮށް ދެވަނަ ފަހަރަށް ބޭނުންކުރަން ފެށީ 2018ވަނަ އަހަރު އެވެ.
އެހެންކަމުން މިއީ ޔޫނިއަންގެ ވެބްސައިޓަށް ބަދަލުގެނެވޭ ތިންވަނަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް