ކަނޑާއި ވައި ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު

ކަނޑާއި ވައި ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ބ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓުގެ ވަގުތަކީ މިއަދު މެންދ...

03 Dec 2020 | 08:52

ކަނޑާއި ވައި ގަދަވެ އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ބ. އަތޮޅުން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓުގެ ވަގުތަކީ މިއަދު މެންދުރު 2:00 ން ރޭގަނޑު 8:00 ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ އިތުރުން މިވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ލަފާ ކުރެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ރާއްޖެއާ ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑަކާއި ތޫފާން "ބުރެވި" ގެ އަސަރު ކަމަށް މެޓް އޮފީހުން ބުނެ އެވެ. އެ އިދާރާއިން ބުނީ މި ހަފްތާ ބަންދު ނިމެންދެން ރާއްޖެއަށް ތޫފާނާއި ކޮޅިގަނޑުގެ އަސަރު ކުރާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް