ކ. ގުރައިދޫ ބިން ހިއްކުމުގެ 83 ޕަސެންޓު މަސައްކަތް ނިންމައިފި

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 48 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއުގެ ދަށު ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބިން ހިއްކުމުގެ 83 ޕަސެންޓު މަސ...

03 Dec 2020 | 06:39

ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮަށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 48 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއުގެ ދަށު ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބިން ހިއްކުމުގެ 83 ޕަސެންޓު މަސައްކަތް ވަނީ ނިންމާފައި އެވެ. އަދި ރިވެޓްމެންޓް ޖެހުމުގެެ އަށް ޕަސެންޓު މަސައްކަތް ވަނީ ނިންމާފައި އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީން ނެވެ.

އެ ކުންފުނިން ބުނީ މަޝްރޫއު އެއްކޮށް ނިމޭއިރު ގުރައިދޫގެ 644,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކާނެ އެވެ. 1200 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 85.9 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ އޮަސްޓް 15 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް