އަންނަ އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ ވާޗުއަލްކޮށެއް ނޫން!

އަންނަ އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ ވާޗުއަލްކޮށް ނޫން ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ މަޝްހޫރު ބައެއް އެވޯޑު ހަފްލާތައް ފަސްކޮށް، ކެންސަލް ކޮށް ނުވަތަ ވާޗުއަލްކޮށް ބ...

03 Dec 2020 | 05:42

އަންނަ އަހަރުގެ އޮސްކާ އެވޯޑު ބާއްވަނީ ވާޗުއަލްކޮށް ނޫން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ މަޝްހޫރު ބައެއް އެވޯޑު ހަފްލާތައް ފަސްކޮށް، ކެންސަލް ކޮށް ނުވަތަ ވާޗުއަލްކޮށް ބާއްވާފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޮސްކާ އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް 25 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް އަންނަ އަހަރުގެ އެވޯޑު ހަފްލާވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލްސްގެ ޑޮބްލީ ތިއޭޓަރުގައި އެވެ.

ކުރިން ވާޗުއަލްކޮށް ބާއްވަން ހަމަޖެއްސި މި ހަފްލާ އެހެން އަހަރުތަކެކޭ އެއްގޮތަށް ޑޮބްލީ ތިއޭޓަރުގައި ބާއްވަން ހަމަޖެއްސީ ކޯވިޑާއި ގުޅިގެން އެވޯޑު އަށް ހަފްތާއަށް ފަސް ކުރުމަށް ފަހު އެވެ. ކޮންމެ އަހަރުވެސް އޮސްކާ އެވޯޑު ބާއްވަނީ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ.

3،400 މީހުންގެ ޖާގައިގެ އެ ތިއޭޓަރުން ޖާގަ ހަމަޖައްސާ ގޮތަށް އަދި ހާމައެއް ނުކުރެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ވާޗުއަލްކޮށް ބޭއްވި މުނިފޫހިފިލުވުމުގެ ދާއިރާގެ އެވޯޑުތަކުގެ ތެރޭގައި "އެމީސް" އަދި "އިންޓަނޭޝަނަލް އެމީސް" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް