ޕާކުތަކާއި، މިސްކިތްތައް އަދި މާރުކޭޓުތަކުގައި ނިދައި ކައިބޮއެ ހަދާ މީހުންނަށް ފިޔަވަޅު އަޅަނީ

މާލޭގެ ޕާކުތަކާއި، މިސްކިތްތައް އަދި މާރުކޭޓުތަކާއި އެނޫންވެސް އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއެ ދިރިއުޅެމުންދާ މީހުންނަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގައި ބައިވެރި ނުވެ އެ ތަންތަނުގައި އުޅޭ މީހ...

03 Dec 2020 | 05:06

މާލޭގެ ޕާކުތަކާއި، މިސްކިތްތައް އަދި މާރުކޭޓުތަކާއި އެނޫންވެސް އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއެ ދިރިއުޅެމުންދާ މީހުންނަށް ސަރުކާރުން ހިންގާ ޕްރޮގްރާމްގައި ބައިވެރި ނުވެ އެ ތަންތަނުގައި އުޅޭ މީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ވަންނާނެ ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ހާއްސަކޮށް ޖެންޑާ މިނިސްޓްރީގެ އިސްނެގުމަށް ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމަކީ އެގޮތަށް ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ އިޖްތިމާއީ ހިދުމަތްތަކާއި ރައްކާތެރިކަމާއި އަސާސީ ހިދުމަތްތައް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ދަށުން ފެށި ޕްރޮގްރާމެއް ކަމަށެވެ.

އެ ކައުންސިލްގެ ބަޔާނުގައި ވަނީ އިޖްތިމާއީ އެފަދަ ތަންތަނުގައި ދިރިއުޅެން ޖެހިފައިވާ މީހުން އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައި އެވެ. އެފަދަ ތަންތަނުގައި ނިދައި ކައިބޮއެ ހަދައި ދިރިއުޅެމުން ދިޔުމަކީ ކުރިން ފެށިގެން މަނާ ކުރެވިފައިވާ ކަމެއްކަން ހަނދާން ކޮށްދޭކަމަށް ބުނެފައިވެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ސަރުކާރުން އެފަދަ ޕްރޮގްރާމެއް އިއުލާނުކޮށްފައިވަނިކޮށް ޕްރޮގްރާމްގައި ބައިވެރި ނުވެ މިސްކިތްތަކާއި، ޕާކުތައް އަދި މާރުކޭޓުތަކުގައި ނިދައި، ކައިބޮއެ ހަދާ މީހުންނާއި މެދު ގަވައިދުގެ ތެރެއިން ފިޔަވަޅުއަޅަމުންދާނެ ކަމަށް ބުނެ އެވެ.

ޖެންޑާ މިނިސްޓްރީ، ހޯމް މިނިސްޓްރީ، ފުލުހުން އަދި މާލޭ ސިޓީ ކައުންސިލް ގުޅިގެން ހިންގާ މި ޕްރޮގްރާމްގައި އިޖްތިމާއީ ތަންތަނުގައި ދިރިއުޅޭ މީހުން ގުޅީ ފަޅަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް