ތޫފާން "ބުރެވި" ހުރީ ކެލާއާ 870 ކިލޯމީޓަރު ދުރުގައި

ތޫފާން "ބުރެވި" މިހާރު ހުރީ ހއ. ކެލާ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރު ދުރުމިނުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ. ތޫފާން "ބުރެވި" ދަތުރު ކުރަމުންދާ ގޮތަށް ބަލައި ރޭ ...

03 Dec 2020 | 02:41

ތޫފާން "ބުރެވި" މިހާރު ހުރީ ހއ. ކެލާ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރު ދުރުމިނުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

ތޫފާން "ބުރެވި" ދަތުރު ކުރަމުންދާ ގޮތަށް ބަލައި ރޭ މެންދަމު 2:30 މިއަދު މެންދުރު ފަހު 2:30 އަށް މުޅި ރާއްޖެއަށް ވަނީ ވައިޓް އެލާޓު ނެރެފައި އެވެ. އެއީ ތޫފާން ދަތުރު ކުރަމުންދާ ގޮތަށް ސަމާލުވުމަށް ނެރެފައިވާ އެލާޓެއް ކަމަށް ބުނެ އެވެ.

މެޓް އޮފީހުން ބުނީ ތޫފާން ދަތުރު ކުރަމުން ދަނީ ރާއްޖޭގެ އުތުރުން ގަލްފް އޮފް މަނާރަށް ކަމަށެވެ. "ބުރެވި" ތޫފާން އިއްޔެ ވަނީ ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެ ގައުމަށް އަރާފައި އެވެ.

ތޫފާން އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކެއްް އަދި ނޭނގެ އެވެ. މެޓް އޮފީހުން ބުނީ ރާއްްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާނުގެ ބާރުވެސް ގަދަވެފައިވާ ކަމަށެވެ.

ތޫފާނާއި ކޮޅިގަނޑުގެ ސަބަބުން ކުރިޔަށް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ. ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގާއި ހުޅަނގު އުތުރުން 13 މޭލާއި 23 މޭލޭއި ދެމެދުގެ ބާރު މިނުގައި އެވެ.

ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރާއިރު ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މޫސުމަށް ސަމާލުވެ އެ އިދާރާއިން ނެރޭ އިންޒާރާއި ސަމާލުތަކުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް