ރައީސް މައުމޫނަށް ޝަަރަފުގެ ޚާއްޞަ އައްޑަނަ -
ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސް،
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ޝަރަފުގެ ޚާއްޞަ އައްޑަނައެއް
އަރުވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ނަސްރުގެ ދުވަހުގެ ޖަލްސާގައި މި
އައްޑަނަ ރައީސް މައުމޫނަށް އަރުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު
މުޢިއްޒެވެ.
ރައީސް މައުމޫންގެ އިތުރުން ނޮވެމްބަރު ތިނެއްގެ ސަހީދުންގެ
ޢާއިލާތަކަށްވެސް ހަނދާނީ އައްޑަނަ އަރުވާފައިވެއެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާގޮތުގައި ޝަރަފުގެ
އައްޑަނަ ރައީސް މައުމޫނަށާއި ސަހީދުންގެ ޢާއިލާތަކަށް އަރުވަން ރައީސުލްޖުމްހޫރިއްޔާ
ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ
ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި އަދި އެދުވަހުގެ ޙަމަލައިގައި ސިފައިންގެ
ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ
އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ނޮވެންބަރު ތިނެއްގެ ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ
ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް