ކޯވިޑަށް 59 މީހުން ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 59 މީހުން މިއަދ ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ އަތޮޅު ތެރެއިން 33 މީހުންނާއި މާލެއިން 26 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނ...

03 Nov 2020 | 17:49

ރާއްޖެއިން އިތުރު 59 މީހުން މިއަދ ކޯވިޑް-19 އަށް ޕޮސިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވީ އަތޮޅު ތެރެއިން 33 މީހުންނާއި މާލެއިން 26 މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި 30 ބިދޭސީންނެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 1،471 ސާމްޕަލެވެ.

ކޯވިޑަށް ފަރުވާ ދެމުންދަނީ 789 މީހުންނަށެވެ. އޭގެ ތެރެއިން55 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 216 މީހުން އެބަތިއްބެވެ.

ކޯވިޑަށް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 10،962 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.

މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 11،796 މީހުންނަށެވެ. އޭގެ ތެރެއިން 26 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް