އެތެންސްގައި 14 އަހަރަށް ފަހު، މިސްކިތެއް ހުޅުވައިފި

އެތެންސްގައި 14 އަހަރަށް ފަހު، މިސްކިތެއް ހުޅުވައިފި އެވެ. ގްރީސްގެ ވެރިރަށް އެތެންސްގައި މި މިސްކިތް ހުޅުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ކޯވިޑް-19 އާއި ގުޅިގެން މިސްކިތުގައި ނަމާދު ކުރުން ކުރިއަށް ގ...

03 Nov 2020 | 14:48

އެތެންސްގައި 14 އަހަރަށް ފަހު، މިސްކިތެއް ހުޅުވައިފި އެވެ.

ގްރީސްގެ ވެރިރަށް އެތެންސްގައި މި މިސްކިތް ހުޅުވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިސްކިތުގައި ނަމާދު ކުރުން ކުރިއަށް ގެންގޮސްފައިވަނީ ގައިދުރުކަމުގެ ފިޔަވަޅުތަކަށް އިސްކަންދީގެން، މަދު އަދަދެއްގެ ބަޔަކާއެކު ގައެވެ.

މި މިސްކިތުގެ އިމާމުގެ ގޮތުގައި ހަމަޖައްސާފައިވަނީ މޮރޮކޯ އަށް އުފަން އުމުރުން 49 އަހަރުގެ ޒަކީ މުހައްމަދެވެ.

ގްރީސްގެ 97 ޕަސެންޓު މީހުންނަކީ ކްރިސްޓިއަނުން ނެވެ.

އެތެންސްގައި މިސްކިތެއް ބިނާ ކުރުމަށް އެގައުމުގެ ސަރުކާރުން 2006 ވަނަ އަހަރު ހުއްދަ ދީފައިވީ ނަމަވެސް މުޒާހަރާތަކާއި ގާނޫނީ އެތައް މައްސަލަތަކަކާއި ހެދި މިހައިތަނަށް އެކަން ނުވެ އޮތީއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެތެންސްގައި މިސްކިތެއް ހުޅުވުމާއެކު ޔޫރަޕްގެ ވެރިކަން ކުރާ ހުރިހާ ސިޓީއެއްގައި ވެސް މިހާރުވަނީ މިސްކިތް ގާއިމުކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް