ކުމުންދޫގައި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި

ކުމުންދޫގައި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި އެވެ. ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގެ ނަމުގައި ބާއްވާ ...

03 Nov 2020 | 14:36

ކުމުންދޫގައި ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ފަށައިފި އެވެ.

ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގެ ނަމުގައި ބާއްވާ މި މުބާރާތް މިއަދުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް  ވަނީ ހަމަޖެހިފަ އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތުގައި މިއަހަރު ވަނީ 5 ޓީމަކުން ބައިވެރިވެފަ އެވެ.

މި މުބާރާތާއި ބެހޭ ގޮތުން ކުމުންދޫ ޔޫތް ސްޕޯޓްސް އިން ބުނީ މި މުބާރާތަކީ އެ ޖަމިއްޔާގެ ހަރަކާތްތައް 2011 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތުމަށް ފަހު، ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ކުރިއަށް ގެންދާ ފުޓްސަލް މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ކޮންމެ ދުވަހަކުވެސް ދެ މެޗު ކުޅުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ފުރަތަމަ މެޗު ހަވީރު 04:30 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގަ އެވެ.

ކުމުންދޫ ފުޓްސަލް އެރީނާގައި ކުޅޭ މި މުބާރާތް ސްޕޮންސަރ ކޮށްފައިވަނީ މަންނާމް އެވެ.

މި މުބާރާތް ފެށުމުގެ ގޮތުން ނަޞްރުގެ ދުވަހާއި ގުޅުވައިގެން ޚާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރަށުގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް