ރިޟުވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ މާހިރަކު ރާއްޖެ އަތުވެއްޖެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާންގެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެންފި ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަނުން ބުނީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ ނޫސް...

03 Nov 2020 | 12:55

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާންގެ މައްސަލައިގެ ތަހުގީގަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެންފި ކަމަށް މަރު ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟުވާންގެ މައްސަލަ ބެލުމަށް ވަޑައިގެންނެވި ބޭރުގެ މާހިރު، މަރު ކޮމިޝަނާއެކު މަސައްކަތް ކުރަން ފައްޓަވާފައިވާ ކަމަށެވެ.

ރިޟުވާނުގެ އޭނާގެ ޢާއިލާގެ ފަރާތުން އެދިފައިވާތީ، ބޭރުގެ މާހިރު މިހާރު ރާއްޖެ އައިސް މަރު ކޮމިޝަނާއެކު މަސައްކަތް ކުރަމުންދާ ކަން އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މިއަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިސްބާހު ނުދެއްވަ އެވެ.

ބޭރުގެ އިންވެސްޓިގޭޓަރެއް، ތަހުގީގު ޓީމުގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ފެށިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓް މަހު 8 ވަނަ ދުވަހު އެވެ. އެއީ ރިޟުވާންގެ ގެއްލުނުތާ ހަ އަހަރު ފުރުނު ދުވަހެވެ.

އެއާއެކު ސެޕްޓެމްބަރު މަހުގެ ތެރޭ ބޭރުގެ މާހިރު ކޮމިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ.

މީގެ ކުރިން މަރު ކޮމިޝަނުން ބުނެފައި ވަނީ ރިޟުވާން ރަހީނުކޮށް، ދޯންޏަކަށް އެރުވުމަށް ފަހު އަލްގައިދާ ރާއްޖޭގެ ގޮފިން އޭނާ މަރާލާފައިވާކަން އެހާތަނަށް ހޯދި ހެކިތަކުން އެނގިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް