ރިޓޯ ސޮލިއުޝަންގެ ފަރާތުން ޝަހީދު ޙުސައިން އާދަމްގެ ޢާއިލާއަށް ފެން ފިލްޓަރެއް ހަދިޔާކޮށްފި އެވެ.
މިއީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރިޓޯ ސޮލިއުޝަންގެ ފަރާތުން "ޝަހީދު ޙުސައިން އާދަމް"ގެ އާއިލާއަށް ކުރި ހަދިޔާ އެކެވެ.
މި ހަދިޔާ ޙަވާލުކޮށްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ރިޓޯ ސޮލިއުޝަންގެ ފަރާތުން ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ ޓީމުން ނެވެ.
އެފިހާރައިން ވިއްކަމުން އަންނަ ވޯޓަރ ޕިއުރިފައަރ މެޝިން އާއި ހަވާލުވެފައިވަނީ، ޝަހީދު ޙުސައިން އާދަމްގެ މަންމަ އާއި ބައްޕަ އެވެ.
ރިޓޯ ޝޮލިއުޝަންގެ ފަރާތުން ވިޔަފާރިވެރިޔާ އަލީ ރިފާޢު ވިދާޅުވީ މިއީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެކުންފުނިން ވެދިން އެހީއެއްކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް