ލަންކާގެ ގައުމީ އުފެއްދުންތެރިކަން 1.7 އިންސައްތަ ދަށަށް ދާނެ: ސެންޓްރަލް ބޭންކް

ސްރީލަންކާގެ ގައުމީ އުފެއްދުންތެރިކަން 1.7 އިންސައްތަ ދަށަށް ދާނެ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ. އެ ބޭންކުން ނެރުނު އިކޮނޮމިކް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޯވިޑް-...

03 Nov 2020 | 12:01

ސްރީލަންކާގެ ގައުމީ އުފެއްދުންތެރިކަން 1.7 އިންސައްތަ ދަށަށް ދާނެ ކަމަށް އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފި އެވެ.

އެ ބޭންކުން ނެރުނު އިކޮނޮމިކް ޑިވެލޮޕްމަންޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ކޯވިޑް-19ގެ ސަބަބުން ލަންކާގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް އަންނަ އަހަރު އިޤްތިޞާދަށް ރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

އެ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން، ލަންކާގެ އިޤްތިޞާދު އަންނަ އަހަރު ރަނގަޅުވާނެ ކަމަށް އަންދާޒާ ކުރެވެނީ، ކޯވިޑް-19ގެ ސަބަބާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުއި ދިނުމާއެކު އިޤްތިޞާދަށް އޭގެ ހެޔޮ އަސަރު ކުރަން މާ ގިނަ ދުވަސްތަކެއް ނަގާފައި ނުވާތީ އެވެ.

އެ ޤައުމުގެ ޓްރޭޑް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 9.5 އިންސައްތަ އިން 6.6 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވާ އިރު، ޖުމްލަ އިންވެސްޓްމެންޓް 2020 ވަނަ އަހަރުގެ 27.4 އިންސައްތައިން 26.9 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފަ އެވެ.

ނަމަވެސް ނޭޝަނަލް ސޭވިންގްސް 25.3 އިންސައްތަ އިން 25.4 އިންސައްތައަށް އިތުރުވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އަދި ކަރެންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 2.2 އިންސައްތައިން 1.5 އިންސައްތައަށް ދަށަށް ދާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

މީގެ އިތުރުން ބަޖެޓް ޑެފިސިޓް 6.8 އިންސައްތައިން 9.3 އިންސައްތައަށް އިތުރުވާނެ ކަމަށާއި ލަންކާގެ އިންފްލޭޝަން ރޭޓް 4.7 އިންސައްތައަށް އަރާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް