ސިރުމީނާ ރަހީނު ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ވީ ނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރި ފަހުން އަމިއްލައަށް ގެއަށް ދިޔަ ސިރުމީނާ އަބޫބަކުރު ރަހީނުކޮށް ފޭރުނުކަމަށް ބެލެވޭ މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. ޝިރުމީނާ ގެއް...

03 Nov 2020 | 10:11

ވީ ނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރި ފަހުން އަމިއްލައަށް ގެއަށް ދިޔަ ސިރުމީނާ އަބޫބަކުރު ރަހީނުކޮށް ފޭރުނުކަމަށް ބެލެވޭ މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.

ޝިރުމީނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ ރޭ10:30 ހާއިރު އެވެ. އޭނާގެ ވީނުވީއެއް ނޭނގި ގެއްލުނީ އާދިއްތަ ދުވަހުގެ މެންދުރު1:30 ހާއިރު ކަމަށް އާއިލާއިން ބުނެ އެވެ.

ފުލުހުން މިއަދު ބުނީ ޝިރުމީނާ ރަހީނު ކުރި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިއްޔެ ބުނީ ބަޔަކު މީހުން ޝިރުމީނާ ރަހީނުކޮށް އޭނާ އާއި މެދު އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ބްލެކްމެއިލްކޮށް ފައިސާ އަތުލާފައިވާކަމަށް ބެލެވިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ ޝިރުމީނާއަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް ޑޮކްޓަރަށް ދައްކައި ފަރުވާ ދޭން އިއްޔެ ފަށާފައިވާ ކަމަށެވެ.

އާއިލާއިން މީޑިއާގައި ބުނީ ޝިރުމީނާގެ އަތުން 25،000 ރުފިޔާ ފޭރިގަތްފައިވާ ކަމަށެވެ. އަދި ހަށިގަނޑަށް އެކި އަނިޔާ ދީފައިވާ ކަމަށެވެ. އެގޮތުން ލޯމަތީގަ ޖަހައި، އަތުގައި ކަޓަރު އެޅުމުގެ އިތުރުން ގައިގެ އެކި ތަންތަން އަނިޔާ ކުރުމުން ނޫފައިގަތްފައިވާ ކަމަށެވެ.

ޝިރުމީނާ އަކީ މާލޭގައި އޭނާގެ ކޮއްކޮއާއި ގުޅިގެން އަމިއްލަ ވިޔަފާރިއެއް ކުރާ މީހެކެވެ. އޭނާ ގެއްލިފައިވަނީ ފިހާރައަށް ބޭނުންވާ ތަކެތި ގަންނަން ދަނިކޮށް ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް