އެމެރިކާގެ 59 ވަނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފަށައިފި
އެމެރިކާގެ 59 ވަނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފަށައިފި އެވެ.
ވޯޓުލުން މިއަދު ފަށާފައިވަނީ 1960 ވަނަ އަހަރުން ފެށިގެން އަބަދުވެސް އެގައުމުން އެންމެ ފުރަތަމަ ވޯޓުލުން ފަށާ އަވަށް ކަމަށްވާ ނިއު ހެމްޕްޝަޔަރ ސްޓޭޓުގެ ޑިކްސްވިލް ނޮޗް ކިޔާ އަވަށުގަ އެވެ. މިއީ އެންމެ 12 މީހުން ދިރިއުޅޭ އަވަށެކެވެ.
އެ އަވަށުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ އެންމެ ފަސް މީހުންނަށް ކަމަށްވާ އިރު، ވޯޓުލުން ދަންވަރު ފެށުމާއެކު އެ ފަސް މީހުން ވެސް ވަނީ ވޯޓު ދީފަ އެވެ. އަދި އެ ފަސް މީހުން ވެސް ވޯޓު ދީފައިވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓު ޖޯ ބައިޑެންއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް