ދިވެހި މަހުން ނަގާ ޑިޔުޓީ ލަންކާއިން ބޮޑުކޮށްފި

އަވައްޓެރި ސްރިލަންކާއަށް ރާއްޖެއިން އެކްސްޕޯޓްކުރާ ދިވެހި މަހުން ނަގާ ޑިޔުޓީ އެގައުމުން ބޮޑުކޮށްފި އެވެ. ދިވެހި މަހުން ނަގާ ޑިޔުޓީ ބޮޑުކުރަން ނިންމީ ސްރިލަންކާގެ ފިޝަރީސް މިިނިސްޓްރީއިންނެވެ. އެ މިނި...

03 Nov 2020 | 07:36

އަވައްޓެރި ސްރިލަންކާއަށް ރާއްޖެއިން އެކްސްޕޯޓްކުރާ ދިވެހި މަހުން ނަގާ ޑިޔުޓީ އެގައުމުން ބޮޑުކޮށްފި އެވެ.

ދިވެހި މަހުން ނަގާ ޑިޔުޓީ ބޮޑުކުރަން ނިންމީ ސްރިލަންކާގެ ފިޝަރީސް މިިނިސްޓްރީއިންނެވެ. އެ މިނިސްޓްރީން ބުނީ، ގައުމަށް ބޭރުން އެތެރެކުރާ މަހުގެ ބާވަތްތަކުން ޑިޔުޓީ ބޮޑުކުރަން ނިންމާފައިވަނީ އެގައުމުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޑިޔުޓީ ބޮޑު ކޮށްފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން، މިދިއަ އަންގާރަ ދުވަހުން ފެށިގެން ޑިޔުޓީ ބޮޑުކޮށްފައިވަނީ ލަންކާއަށް އިމްޕޯޓު ކުރާ މަހާއި، ހިކި މަހުގެ އިތުރުން ރާއްޖޭން އެތެރެކުރާ "މޯލްޑިވް ފިޝް" އިންނެވެ.

ސްރިލަންކާއިން ވަނީ މީގެ ކުރިން ވެސް މިފަދަ ފިޔަވަޅުތަކެއް އެގައުމުގެ މަސްވެރިކަން ރައްކާތެރިކުރުމުގެ ބޭނުމުގައި އަޅައިފަ އެވެ. އެފަހަރު ރާއްޖޭގެ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެފައިވަނީ، ސްރިިލަންކާއިން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ގެއްލުމެެއް ނުލިބޭނެ ކަމަށެވެ.

ސަބަބެއް ކަމަށް ޒަހާ ވިދާޅުވެފައިވަނީ، ސްރިލަންކާއަށް އާންމުކޮށް އެެކްސްޕޯޓްކުރާ ހިކި ކަނޑުމަހުގެ ބާވަތްތަކުން އެއްވެސް އިރެއްގައި މާކަށް ބޮޑު ފައިދާއެއް ނުލިބޭތީ ކަމަށެވެ. އަދި ސްރިލަންކާއަށް ވިއްކާ ހިކި ކަނޑުމަހުގެ ބާވަތްތަށް ތައިލެންޑަށް ވިއްކައިގެން މާބޮޑު ފައިދާއެއް ލިބޭ ކަމަަށް ވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް