މިދިޔަ ޖުލައި މަހު ބޯޑަރުު ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރެކޯޑް އަދަދަކަށް އިއްޔެ ފްލައިޓް މޫވްމެންޓް ހަދައިފި އެވެ.
ވީއައިއޭ ހިންގުމުގެ ޒިންމާ އޮންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އިއްޔެ227 ފްލައިޓު މޫވްމެންޓު ރިކޯޑް ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 62 ރަންވޭ މޫވްމެންޓް އާއި 158 ސީޕްލޭމް މޫވްމެންޓް ހިމެނެ އެވެ.
ފްލައިޓް މޫވްމެންޓް ވީއައިއޭގައި ހައި ވެގެން ދިޔައިރު، އިއްޔެއަކީ ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހެވެ. އިއްޔެ އެކަނި 1،500 މީހުން އައިސްފައިވެ އެވެ. މިއާއެކު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަަދަދު މިހާރު ވަނީ 41،766 ޓޫރިސްޓުން އައިސްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ދެކޭ ގޮތުގައި އަހަރުގެ ބާކީބައިގައި ރާއްޖެއަށް ޓޫރިސްޓޫން އަންނަ މިންވަރު އިތުރުވާނެ އެވެ. މިހާތަނަށް އެންމެ ގިނަ ބުކިން ލިބިފައިވާ އިނގިރޭސިވިލާތް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރިއީން ބުނެފައިވަނީ އެއީ ކަންބޮނޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ފިނި މޫސުމާ ދިމާކޮށް ޔޫރަޕުން ގިނަ ޓޫރިސްޓު އަންނާނެ ކަމަށް ލަފާ ކުރެވުނަސް އެ ބައްރުގެ ގިނަ ގައުމުތަށް މިހާރު ދަނީ އަލުން ލޮކްޑައުން ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް