ގޮދަން ފުށުން ތައްޔާރު ކުރާ ކާތަކެއްޗާއި ދުރުވެވިދާނެތަ؟

ވައިޓް ފްލާ ނުވަތަ ގޮދަން ފުށަކީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބާވަތެވެ. ދިވެހީންގެ ދިރިއުޅުމުގެ އާދަކާދައާއި ގުޅި ލާމެހިފައިވާ އެއްބާވަތެވެ. އާ...

03 Nov 2020 | 05:38

ވައިޓް ފްލާ ނުވަތަ ގޮދަން ފުށަކީ އަހަރެމެންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ބާވަތެވެ. ދިވެހީންގެ ދިރިއުޅުމުގެ އާދަކާދައާއި ގުޅި ލާމެހިފައިވާ އެއްބާވަތެވެ. އާދައިގެ މަތިން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު ނާސްތާ ފަށެނިގެން ދާނީ ރޮށި ހިނެނޭގޮތަށެވެ. އެގޮތުން ރޮށްޓާއި ރިހަ ، ރޮއްޓާއި މަސްހުނި، ރޮށްޓާއި ރިހާކުރު، މިއީ ހައްތަހާވެސް އަހަރެމެންގެ އާދަކާދައިގެ ތެރޭގައި ހިމެނިގެން ހެނދުނުގެ ނާސްތާއަށް ބޭނުންކުރާ ބާވަތްތަކެވެ.

ކޮންމެ ގޮތަކަށް ބެލިކިަމުގައި ވީނަމަވެސް ގޮދަން ފުށަކީ ދިވެހިންގެ ކޮންމެ ދުވަހެއްގެ ސުފުރާމަތީގެ ރަސްގެފާނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ގޮދަން ފުށު މީރުރޮއްޓެއް ކައި ނުލެވެންޏާ އެދުވަހުގެ މޫޑު އެއްކޮށް ހިނގައިދާނެ ކަމުގެ ބިރައްޓަކައި އަންހެންވެރިން ކޮންމެ ދުވަހަކުވެސް ހެނދުނާއި ތެދުވެ ރޮށި ފިހުމަށް ޚާއްސަ އިސްކަމެއް ދޭނެއެވެ.

ރޮށި ނޫނީ ޕާންފިހުމަށް ގޮދަން ފުށް ބޭނުންކުރާއިރު މިއީ ހަށިގަނޑަށް ކިހާ ގެއްލުންދޭ އެއްޗެއްކަން އަޅުގަނޑުމެންނަށް ބަލައެއް ނުލެވެއެވެ. މިފުށް ހެދުމުގެ ތެރޭގައި ގޮދަނުގައި ހުންނަ  ވިޓަމިންސް އާއި މިނަރަލްސް އާއި ޑައިޓްރީ ފައިބާފަދަ އެތައް ފައިދާތަކެއް ގެއްލިގެން ދެއެވެ. މިއާއެކު ފުރަމޭ ހަލާކުވުމާއި  ކޮލެސްޓްރޯލްއާއި ބްލަޑް ޕްރެޝަރ މަތިވުމުގެ އިތުރަށް މިފުށަކީ ފަލަ ވުމަށް މަގުފަހި ކުރުވާ އެތައް މާއްދާއެއް އެކުލެވޭ އެއްޗެކެވެ. “ވައިޓް ބްރެޑް” އާއި ގިނަ ޕޭސްޓްރީތައް މިހާރުން މިހާރަށް ބޭނުން ކުރުން ހުއްޓާލަން ހިނގާށެވެ. އެހެނަސް ދުޅަހެޔޮ ސިއްޙަތަކަށް އެދޭނަމައެވެ.

ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ގޮދަނުގައި ހުންނަ ފައިދާ ހުރި ބައިތަށް އެ ފުށް ހެދުމުގެ މަރުހަލާގެ ތެރޭގައި ނެތިދެއެވެ. އެގޮތުން ގޮދަނުގައި ހުންނަ ވިޓަމިންސް ތަކާއި އެހެނިހެން މާއްދާތަށް ފިލައިދެއެވެ.

ގޮދަން ފުށުގެ ސަބަބުން ސިއްޚަތަށް ލިބޭ އިތުރު ބައެއް ގެއްލުންތަކުގެ ތެރޭގައި ކަށިތަށް ބަލިކަށިވުން، ހަޖަމް ކުރުމުގެ މައްސަލަތަށް ކުރިމަތި ވުން، ހަށިގަނޑުގައި ވިހަ ކެމިކަލްގެ ބާވަތްތަށް އުފެމަށް މަގުފަހިވުންފަދަ ކަންކަން ހިމެނެއެވެ.

ކަން މިހެން ހުރިއިރު، އަޅުގަނޑުމްނެ އާންމުކޮށް މި ބޭނުންކުރާ ގޮދަން ފުށުން ތައްޔާރުކުރާ ބާވަތްތަކުން ދުރުހެލިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ސިއްޚީ މާހިރުން ލަފާދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް