ޖުވާ، ކްރިޕްޓޯ ކަރަންސީ، އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ބީއެމްއެލް ކާޑު ބޭނުން ނުކުރެވޭގޮތް ހަދައިފި

ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) ގެ ކާޑު ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ. ބީއެމްއެލްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނ...

03 Nov 2020 | 05:24

ޖުވާ އާއި ކްރިޕްޓޯ ކަރަންސީ އަދި އޮންލައިން ޓްރޭޑިން ވެބްސައިޓުތަކުގައި ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) ގެ ކާޑު ބޭނުން ނުކުރެވޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލްއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓުތަކާއި އޮންލައިން ޓްރޭޑިން ވެބްސައުޓްތަކުގައި ޑިޖިޓަލް ވޮލެޓުތައް ބޭނުންކުރުން، މިދިޔަ މަސްތަކުގައި އިތުރުވެފައިވާކަމަށެވެ.

މި ފިޔަވަޅަކީ ގާނޫނާއި ގަވައިދާ ހިލާފަށް މާލީ މުއާމަލާތްތަކުގައި ބޭންކުގެ ކާޑުތައް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ބީއެމްއެލްއިން ބުނީ ބޭންކުގެ މި ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކާ ހިއްސާކޮށްފައި ވާކަމަށެވެ.

ބޭންކުން ބުނި ގޮތުގައި ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ އިރު މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ބޭރުވަނީ ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ އެވެ. އެހެންކަމުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމަށް، ކޮންމެހެން ބޭނުން ނުވާ ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުން މުހިންމު ކަމަށެވެ.

މިފަދަ މުއާމަލާތްތައް ހުއްޓުވުމަށް، ބީއެމްއެލް ކާޑުތައް ބޭނުންކޮށްގެން ކުރާ ބޭރުގެ މުއާމަލާތްތައް އެ ބޭންކުން މޮނިޓަރކުރާނެ އެވެ. އަދި މޮނިޓަރިންގެ ތެރެއިން މިފަދަ މުއާމަލާތެއް ފާހަގަ ކުރެވިއްޖެ ނަމަ އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރާނެ ކަމުގެ އިންޒާރުވެސް ބީއެމްއެލުން ވަނީ ދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް