އުޅަނދު ޓޯ ނުކޮށް ޖޫރިމަނާކުރެވޭ ޑިޖިޓަލް ފައިން ނިޒާމެއް ތައާރަފުކުރަނީ

ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތައް އުޅަނދު ޓޯ ކުރުމަކާ ނުލައި ޖޫރިމަނާކުރެވޭ ޑިޖިޓަލް ފައިން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ޕ...

03 Oct 2026 | 09:49
N/A

N/A

ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތައް އުޅަނދު ޓޯ ކުރުމަކާ ނުލައި ޖޫރިމަނާކުރެވޭ ޑިޖިޓަލް ފައިން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ޕޮލިސްގެ ވެރިޔާގެ މަގާމުގައި ހުންނެވި އޭސީޕީ އާސިމް ވިދާޅުވީ މަގުތަކުގެ ރައްކާތެރިކަން ޔަގީންކުރުމަށް ފުލުހުން މުހިންމު މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އެ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ތާނގައި ވެސް އެ މަސައްކަތް ދެމެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާއެކީގައި އަޅުގަނޑުމެން ކުރިއަށްއޮތްތަނުގައި ތައާރަފްކުރުމަށް އެބައޮތް ޑިޖިޓަލް ފައިން. އޭރުން އުޅަނދުތައް ޓޯވ ކުރަން ނުޖެހި ފައިން ކުރެވޭނެ ނިޒާމު ގާއިމްކުރެވިގެންދާނެ. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެންނަށް އެ މަސައްކަތްތައް ފެށޭނެ." އޭސީޕީ ވިދާޅުވިއެވެ.

ނުރައްކާތެރިކޮށް އުޅަނދު ދުއްވައި ޓްރެފިކް ގާނޫނާ ތަކުރާރުކޮށް ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ވެސް ވަނީ ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފައެވެ. ސީޕީގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ގަވާއިދާ ހިލާފަށް އަމަލުކުރާ މަދު ބައެއްގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި ނުރައްކާތެރި ހާދިސާތައް ހިނގަމުންދެއެވެ.

މި ޑިޖިޓަލް ފައިން ނިޒާމު ގާއިމުކުރުމުގެ މަސައްކަތާ އެކު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހިދުމަތުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް