ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރު ސައުސަން ނިޔާވެއްޖެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެންބަރު އަލްއުސްތާޒާ ފާތިމަތު ސައުސަން ފަރުވާ ހޯއްދެވުމަށް އިންޑިއާގައި ހުންނަވަނިކޮށް މިއަދު ފަތިހު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ...

03 Oct 2026 | 07:10
N/A

N/A

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިންޑަސްޓްރިއަލް ރިލޭޝަން ޑިވިޝަންގެ މެންބަރު އަލްއުސްތާޒާ ފާތިމަތު ސައުސަން ފަރުވާ ހޯއްދެވުމަށް އިންޑިއާގައި ހުންނަވަނިކޮށް މިއަދު ފަތިހު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ގާނޫނީ ދާއިރާގައި ދިގު މުއްދަތެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ސައުސަންއަކީ ވަކީލެއްގެ ހައިސިއްޔަތުންނާއި ޓްރައިބިއުނަލް މެންބަރެއްގެ ގޮތުން ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

ސައުސަން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ އެޕްރީލް 15 ވަނަ ދުވަހުގައެވެ.

މާތް ﷲ އަލްއުސްތާޒާ ފާތިމަތު ސައުސަންގެ ފުރާނައަށް ރަހްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް