ޖަރުމަން ލީގުގައި މިރޭ ފްރެއިބާގް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު ބޮރޫޝިއާ ޑޯޓްމުންޑް ކާމިޔާބު ކޮށްފިއެވެ.
ޑޯޓްމުންޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ 0-4 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މި މެޗުގައި ޑޯޓްމުންޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ޑޯޓްމުންޑަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އާލިން ހާލަންޑެވެ.
ޑޯޓްމުންޑުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލިއިތު،
ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެމްރޭ ޗޭނެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 66 މިނެޓުގައި ކާމިޔާބު ކުރިއިރު، މި ލަނޑު ވެސް ޑޯޓްމުންޑަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ހާލަންޑް އެވެ.
މި މެޗުގައި ޑޯޓްމުންޑް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ފީލިކްސް ޕާސްލަކެވެ.
މި މޮޅާއި އެކު ލިބުނު 6 ޕޮއިންޓާއި އެކު ޑޯޓްމުންޑް ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ޑޯޓްމުންޑް އަތުން ބަލިވި ފްރެއިބާގް އޮތީ 4 ޕޮއިންޓާއި އެކު ތާވަލުގެ 11 ވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް