ކޯވިޑް-19: ލ. ގަމުގައި ޓްރެއިނިން ހަދަމުން ދިޔަ 25 ސިފައިން ފައްސިވެއްޖެ

ލ. ގަމުގައި ޓްރެއިނިން ހަދަމުން ދިޔަ 25 ސިފައިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ގަމުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހޯމް ކަރަންޓީނުގައި ތިބުމަށްފަހު ޓެސްޓު ކު...

03 Oct 2020 | 14:58

ލ. ގަމުގައި ޓްރެއިނިން ހަދަމުން ދިޔަ 25 ސިފައިން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގަމުން ކޮވިޑް-19 އަށް ފައްސިވެފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހޯމް ކަރަންޓީނުގައި ތިބުމަށްފަހު ޓެސްޓު ކުރި މީހުންގެ ތެރެއިން 25 މީހެކެވެ.

ލ. ގަމުން ކޮވިޑް-19 އަށް ފައްސިވި 25 މީހުންނަކީވެސް ތަމްރީނުތަކެެއް ހެދުމަށް އެ ރަށަށް ގޮސް ތިބި ސިފައިންގެ ބަޔެކެވެ.

ގަމުގައި ޓްރެއިނިންގ ހަދަމުން ދިޔަ 25 ސިފައިންގެ މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާކަން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވަނީ "ދުވަސް" ނޫހަށް މިކަން ކަށަވަރުކޮށްދީފައެވެ.

އޭނާ ވިދާޅުވީ މިމަހުގެ އެއްވަނަ ދުވަހު ޖުމްލަ 94 ފަރާތެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން 25 ސާމްޕަލް ފައްސިވެފައިވާ ކަމަށެވެ.

އަދި މީގެއިތުރުން އެ ސާމްޕަލްތަކުގެ ތެރެއިން 24 ސާމްޕަލްގެ ނަތީޖާ އަދި ނުލިބިވާ ކަމަށްވެސް އަލީ ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަލީ ނަޝީދު އިތުރަށް ވިދާޅުވީ ފައްސިވި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މިމީހުންގެ ސާމްޕަލް ނަގާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިމީހުން ޕޮޒިޓިވްވުމާއި ގުޅިގެން ހަދަންޖެހޭ ކޮންޓެކްޓް ޓްރޭސިންވެސް މިހާރުވަނީ ނިމިފައެވެ.

(ތަފްޞީލް އަންނަނީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް