ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން ވަރަށް ބޮޑު ބާރެއް އަޅާ: ޓޫރިޒަމް މިނިސްޓަރ

ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން ވަރަށް ބޮޑު ބާރެއް އަޅާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ ގަނ...

03 Oct 2020 | 13:44

ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ތަރައްގީ ކުރަން ސަރުކާރުން ވަރަށް ބޮޑު ބާރެއް އަޅާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުވަދު އަތޮޅާ ދެމެދު ސީޕްލޭން ދަތުރުތައް ފެށުމުގެ ގޮތުން މޯލްޑިވިއަން އާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ދެމެދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫ އާއި ހުވަދޫއާ ދެމެދު ފެށުމަށް ސޮއިކުރެވުނު ސީޕްލޭން ހަބަކީ ވިޔަފާރީގެ ފޯމިއުލަރއެއް ކާމިޔާބު ކުރުމަށް ޖަހާލެވުނު އާ ބޮޅެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިފަދަ ކަމެއް ކުރަން ކޮންމެވެސް ބަޔަކު ގުރުބާނީތަކެއް ވެސް ވާންޖެހޭ ކަމަށާއި އެގޮތުން ސަރުކާރުން މިކަމުގައި މިވަނީ ގުރުބާނީއެއް ކަމަށެވެ. އަދި ދެކުނުގައި މިވަގުތު ނުހުޅުވި 2400 ޓޫރިސްޓު އެނދު އެބައޮތް ކަމަށާއި ނަމަވެސް މިއީ މަތިންތާދާ ބޯޓު ވިޔަފާރިއަށް ފަހި އަދަދެއް ނޫންކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފަ އެވެ.

"ބޭރުގެ ފްލައިޓުތައް ގެންނަން ދެކުނުގެ ސަރަހައްދަށް 6،000 ޓޫރިސްޓު އެނދު ބޭނުންވޭ. މިއަދު މި ނިންމި ނިންމުމަކީ އެ 6000 އެނދު އަންނަންދެން ބޯޓު ނުއުދުއްސާ ތިބޭނީތޯ، ނުވަތަ ކުންފުނިތަކުން ގެއްލުމެއް ހިއްސާކޮށްގެން ވިޔަސް އެކަން ކުރާނީތޯ،" ޓޫރިޒަމް މިނިސްޓަރ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް