ބްރިޓީޝް އެއަރވޭސްގެ ދަތުރުތައް މި މަހު 16 ގައި ރާއްޖެއަށް ފަށަނީ

ބްރިޓީޝް އެއަރވޭސްގެ ދަތުރުތައް މި މަހު 16 ގައި ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ. ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، މި އެއަރލައިންގެ ދަތުރުތައް ކުރުމަށް ނިންމާފައިވަ...

03 Oct 2020 | 13:03

ބްރިޓީޝް އެއަރވޭސްގެ ދަތުރުތައް މި މަހު 16 ގައި ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް، މި އެއަރލައިންގެ ދަތުރުތައް ކުރުމަށް ނިންމާފައިވަނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހު ކަމަށް ބްރިޓިޝް އެއަރވޭސް އިން މަޢުލޫމާތު ދެއެވެ.

ރާއްޖެއިން ލަންޑަނަށް ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ބްރިޓިޝް އެއަރވޭސް އިން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ.

ކޯވިޑް-19 އަށްފަހު އެ އެއަރލައިނުން ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓާލުމަށްފަހު މިއީ ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް