ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ދުވާފަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން، ޕްލޭނިން މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަޕާލުއްދީންގެ އިތުރުންް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދެވެ،
މި މަޝްރޫއު އެ ކުންފުނިން ކުރިޔަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް 300 ދުވަހުގެ ތެރޭގައި ހިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މިއަދު ރަސްމީކޮށް ފެށި ދެ ވަނަ ފިޔަވަހީގެ މަސައްކަތުގެ ނިމޭއިރު ފައިމަގުގައި ހިނގޭގޮތަށް 4،960 އަކަމީޓަރުގެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ. މަގުގައި ދުއްވޭ ގޮތަށް 17،790 އަކަމީޓަރުގެ ސަރަހައްދެއް ގާއިމް ކުރުމުގެ އިތުރުން ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އާއި ނިޝާންހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިއަހަރުގެ ޖޫން 12 ގައި ފަށާފައިވާއިރު މަސައްކަތުގެ 77 ޕަސެންޓު ވަނީ ނިމިފައެވެ. މި ފިޔަވަހީގެ މަސައްކަތް ނިމޭއިރު ފައިމަގުގައި ހިނގޭގޮތަށް 6،831 އަކަމީޓަރުގެ ސަރަހައްދެއް ގާއިމް ކުރާނެ އެވެ. މަގުގައި ދުއްވޭ ގޮތަށް 25،513 އަކަމީޓަރުގެ ސަރަހައްދެއް ގާއިމް ކުރުމުގެ އިތުރުން ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އާއި ނިޝާންހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަސައްކަތް އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީން ހަވާލު ކުރީ 47،04 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް