އިތުރު ފަރުވާއަށް ޓްރަމްޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ކޯވިޑް-19 ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިތުރު ވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ. ޓްރަމްޕަށް ފަރުވާ ދެމުން ދަނީ ވޮޝިންޓަނުގެ ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލުގައި އެވެ. ...

03 Oct 2020 | 08:48

ކޯވިޑް-19 ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އިތުރު ވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި އެވެ.

ޓްރަމްޕަށް ފަރުވާ ދެމުން ދަނީ ވޮޝިންޓަނުގެ ވޯލްޓާ ރީޑް މިލިޓަރީ ހޮސްޕިޓަލުގައި އެވެ. ޓްރަމްޕް ހޮސްޕިޓަލްގައި އެޑްމިޓް ކުރި ނަމަވެސް އަނބިކަނބަލުން މިލޭނިއާ ޓްރަމްޕް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭވަރަށް ހާލު ކޮޅު ސީރިއަސް ނުވާތީ ހުންނެވީ ވައިޓް ހައުސްގައި ކަރަންޓީންގައި އެވެ.

ވައިޓް ހައުސްގެ މެޑިކަލް ޓީމުން ބުނީ ޓްރަމްޕަށް އިތުރު ފަރުުވާ ދިނުމަށް ހޮސްޕިޓަލަށް ބަދަލު ކުރަން ނިންމީ ޓްރަމްޕަކީ ކޯވިޑްގައި ހައި ރިސްކު ކެޓަގަރީގެ ބޭފުޅަކަށް ވާތީ އެވެ. ކޯވިޑްގައި އެންމެ ފަސޭހައިން ނުރައްކާތެރި ހާލަތަކަށްދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭއިރު ޓްރަމްޕްގެ އުމުރުުފުޅަކީ 74 އަހަރެވެ.

އެ ޓިމުން ބުނީ ރައީސް ޓްރަމްޕް ކުޑަކޮށް ވަރުބަލިފުޅުވާ ކަމަށާއި ހުމުގެ އަސަރު ވެސް ކުޑަކޮށް އެބަހުރި ކަމަށެވެ. އެކަމަކު އޮކްސިޖަން ބޭނުންވާ ހާލަތަކަށް އަދި ނުދާ ކަމަށް ވިދާޅުވި އެވެ.

ހޮސްޕިޓަލްގައި އެޑްމިޓް ކުރި ނަމަވެސް އެމެރިކާގެ ރައީސް ކަމުގެ ޒިންމާތައް ނައިބު ރައީސް އާއި ހަވާލު ކުރައްވާފައެއް ނުވެ އެވެ. ވައިޓް ހައުސްގެ އޮފިޝަލުންނާއި ހަވާލާ ދީ މީޑިއާގައި ބުނެފައިވަނީ ވޯލްޓާ ރީޑް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ އޮފީސްކޮޅުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާ ކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް