ދިރާގުގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް މީޑިއާގައި "މާރަނގަޅު" ކެމްޕެއިން ފަށައިފި

ދިރާގުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "މާރަނގަޅު" ގެނަމުގައި އަގު ހުރި އިނާމުތަކެއް ލިބޭ ކެމްޕެއިނެއް ފަށައިފި އެވެ. ދިރާގުން ބުނީ މި ކެމްޕެއިން ކުރިޔަށް ގެންދާނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތައް...

03 Oct 2020 | 07:28

ދިރާގުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "މާރަނގަޅު" ގެނަމުގައި އަގު ހުރި އިނާމުތަކެއް ލިބޭ ކެމްޕެއިނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މި ކެމްޕެއިން ކުރިޔަށް ގެންދާނީ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތައް ކަމަށްވާ ޓުވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމްގައި ކަމަށެވެ. މި ކެމްޕެއިންގައި ބައިވެރިވުމަށް “MaaRangalhu#” ޖެހުމަށް ފަހު ދިރާގާއި އެކު ހޭދަވި އެންމެ އުފާވެރި ހިނދުކޮޅުގެ ވީޑިއޯ ނުވަތަ ފޮޓޯ ހިއްސާ ކުރެވޭނެ އެވެ.

މި ކެމްޕެއިންގައި ގުރުއަތުން ހޮވޭ ފުރަތަމަ ފަރާތަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗަރޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+ ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ ފަރާތަކަށް އެޕަލް އެއާ ޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.

މި ކެމްޕެއިން ކުރިޔަށް ގެންދާނީ މިމަހުގެ14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ރާއްޖޭގައި ޓެލެކޮމިއުނިކޭޝަން ދާއިރާގައި ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާޢީ އަދި އިގްތިސާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައިއެވެ. އަމިއްލަ ފަރުދުންގެ މުއާޞަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާޞަލާތީ ޚިދުމަތްތައް ވެގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް