ކޯވިޑް-19: ކެންޔާގައި 3 މަހުގެ ފުރަބަންދުގައި 150،000 އަންހެންކުދިން ބަނޑުބޮޑު ވެއްޖެ

ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، ދުނިޔޭގެ ގިނަ ގައުމަތަތެއް އަދިވެސް އޮތީ އެ ބިރުވެރިކަމުގެ ތެރޭގައެވެ. އެގޮތުން އޭގެތެރެއިން އެއް ގައުމަކީ އެފ...

03 Oct 2020 | 05:42

ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު، ދުނިޔޭގެ ގިނަ ގައުމަތަތެއް އަދިވެސް އޮތީ އެ ބިރުވެރިކަމުގެ ތެރޭގައެވެ.

އެގޮތުން އޭގެތެރެއިން އެއް ގައުމަކީ އެފްރިކާގެ ގައުމެއް ކަމުގައިވާ ކެންޔާއެވެ. ކެންޔާ އަކީވެސް ކޯވިޑް-19 ވަރަށް ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ކޯވިޑް-19 އާއި ގުޅިގެން ގިނަ މަސްތަކެއް ވަން ދެން ފުރަބަންދުގައި އޮތުމަށްފަހު ވައިގެ ދަތުރުފަތުރާއި އަދި ބޭނުންތަކަށް ބޭރަށް ނުކުމެ އުޅެވޭނެ ގޮތަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ.

ނަމަވެސް ދުނިޔޭގެ ގިނަބަޔަކަށް ސިހުމެއް ލިބޭފަދަ ޚަބަރެއް ކެންޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ ދީފައެވެ. އެ ޚަބަރަކީ ކޯވިޑް-19 އާއި ގުޅިގެން ކެންޔާ ފުރަބަންދުގައި އޮތް ތިން މަސް ދުވަހުގެ މުއްދަތުގައި އެ ގައުމުގެ ޒުވާން އުމުރުގެ 150،000 ( އެއްލައްކަ ފަންސާސް ހާސް ) އަންހެން ކުދިން ބަނޑުބޮޑުވެފައިވާ ކަމުގެ ޚަބަރެވެ.

ކެންޔާގެ ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި ފުރަބަންދުގެ ދުވަސަވަރު ކެންޔާގެ މަގުތަކަށް ނިކުމެ އުޅުމާއި އެއްގެއިން އަނެއް ގެއަށް ވަދެ އުޅުން ވަނީ މުޅިން މަނާކޮށްފައެވެ.

އެގޮތުން ކެންޔާގެ ސިއްޚީ އިދާރާތަކުން ބުނާގޮތުގައި މި ހުރިހާ އަންހެން ކުދިންވެސް ބަނޑުބޮޑުވެފައިވަނީ އެ ކުދިންގެ ގޭގައި އެއްކޮށް ދިރިއުޅޭ އާއިލާތަކުގެ ފިރިހެނުންގެ ފުށުން ކަމަށެވެ.

ކެންޔާގެ ސިއްޚީ އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބަލިވެއިންދެ ބަނޑުބޮޑުވެފައިވާ 150،00 އަންހެން ކުދިންގެ ޖުމްލަ އުމުރަކީ 12 އަހަރާއި 14 އަހަރާއި ދެމެދު އުމުރުފުރައިގެ އަންހެން ކުދިންނެވެ.

150،000 އަންހެން ކުދިން ބަލިވެ ބަނޑުބޮޑު ވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، މި ކުދިންގެ ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އެ ކުދިންގެ ކިޔެވުމަށް ހުރަސްއެޅުމެވެ.

އެގޮތުން އެ ގައުމުގައި މިހާތަނަށް 38.923 ކޭސް ފެނިފައިވެއެވެ. އަދި އޭގެ ތެރެއިން 25114 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މި ބަލީގައި ކެންޔާއިން 725 މީހަކު ވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް