ޔުއެފާގެ މުބާރާތްތަކުގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑަށް ވަދެވޭގޮތަށް ހަމަޖައްސައިފި

ޔުއެފާ އިން އިންތިޒާމްކުރާ މުބާރާތްތަކުގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ޔޫއެފާއިން ނިންމައިފިއެވެ. ޔުއެފާއިން މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައި...

03 Oct 2020 | 04:54

ޔުއެފާ އިން އިންތިޒާމްކުރާ މުބާރާތްތަކުގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ޔޫއެފާއިން ނިންމައިފިއެވެ.

ޔުއެފާއިން މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ މެންބަރު ގައުމުތަކުގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަދޭނަމަ، ޔުއެފާއިން އިންތިޒާމުކުރާ މެޗުތައް ބެލުމަށް ދަނޑުތަކުގެ ޖާގައިގެ 30 އިންސައްތައަށް ސަޕޯޓަރުންނަށް ވަދެވޭނެ ކަމަށެވެ.

ޔުއެފާގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ކެފެރިން ވިދާޅުވީ ޔުއެފާއިން އިންތިޒާމުކުރާ މުބާރާތްތަކުގެ މެޗުތައް ބަލަން 30 އިންސައްތަ ސަޕޯޓަރުން ދަނޑުތަކަށް ވައްދަން ނިންމި ނިންމުމާއި ގުޅިގެން ކޯވިޑް-19ގެ ސަބަބުން ކުލަބުތަކަށް މާލީ ގޮތުން ލިބިފައިވާ ގެއްލުންތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން އަލެކްސަންޑަ ކެފެރިން ވިދާޅުވީ ޔޫއެފާގެ މި ނިންމުމަކީ ކުލަބުތަކަށާއި އެ ކުލަބުތަކުގެ ސަޕޯޓަރުންނަށް ފައިދާވާނެ ގޮތަށް ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި ނަމަވެސް މިހެން މި ނިންމުން ނިންމި ކަމުގައި ވިޔަސް، ދަނޑުތަކުގައި ހަރުކަށި އުސޫލުތަކެއް ހެދިގެންދާނެ ކަމަށެވެ. އަދި އެ އުސޫލުތަކަށް ހުރިހާ ސަޕޯޓަރުންނާއި ކުލަބުތަކުން ވެސް ތަބާވާން ޖެހޭނެ ކަމަށް އަލެކްސަންޑަ ކެފެރިން ވިދާޅުވިއެވެ.

ޔުއެފާއިން މި ނިންމުން ނިންމިއިރު، ޔޫރަޕުގެ ބައެއް ލީގުތަކުގެ މެޗުތައް ކުޅެމުން އަންނަނީ ވަކި އަދަދަކަށް ސަޕޯޓަރުން ދަނޑަށް ވައްދައިގެންނެވެ. އަދި އެންމެ ފަހުން ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ ޕުސްކަސް އެރީނާގައި ކުޅުނު ޔުއެފާ ސުޕަ ކަޕް މެޗު ބަލުމަށް ވެސް 30 އިންސައްތަ ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ.

މި ނިންމުމާއެކު މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ޔޫރޮޕާ ލީގުގެ އިތުރުން ޔުއެފާގެ ބައިނަލްއަގުވާމީ މެޗުތައް ބަލަންވެސް ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް