އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިތުރު ކުރަން ނިންމައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލްއިން ބުނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އެމިރޭޓްސް އިން ކޮންމެ ދުވަހު ރާއްޖެއަށް ދަތުރެއް ބާއްވާނެ ކަމަށެވެ. އެ ކުންފުނިން ބުނީ މިހާރު އެމިރޭޓްސްއިން ރާއްޖެ އަށް ދަތުރު ކުރަނީ ހަފްތާއަކު ހަ ދުވަހު ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ ޖުލައި 15 ވަނަ ދުވަހު އެވެ. ބޯޑަރު އަލުން ހުޅުވާލުމާއި އެކު އެމިރޭޓްސްގެ ދަތުުތައް ރާއްޖެއަށް ވަނީ ފަށާފައި އެވެ.
ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް އެމިރޭޓްސްގެ ފްލައިޓުތައް ބާއްވަނީ ދުބާއީން މާލެއަށް އެކަންޏެވެ. މީގެ ކުރިން އެހެން ގައުމުތަކުން މާލެއަށް ފްލައިޓުތައް ބާއްވަ އެވެ.
އެމިރޭޓްސްގެ އިތުރުން ރާޢްޖެއަށް އިންޑިއާ ސްރީލަންކާ، ރަޝިއާ ފަދަ ގައުމުތަކުގެ އެއާލައިންތަކުން ވަނީ އަލުން ދަތުރު ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް