ބިގް ބޮސްއަށް މިފަހަރު އާންމުންގެ ތަރުހީބެއް ނެތް!

ޓީވީ ޗެނަލް ކަލާސް އިން މިރޭ ދައްކަން ފަށާ "ބިކް ބޮސް 14" އަށް އާންމުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް މީޑިއާގައި ބުނަން ފަށައިފި އެވެ. އެހެން އަހަރުތަކާއި ހިލާފަށް ބިގް ބޮސްގެ ބައިވެރިން އުޅޭ ...

03 Oct 2020 | 03:15

ޓީވީ ޗެނަލް ކަލާސް އިން މިރޭ ދައްކަން ފަށާ "ބިކް ބޮސް 14" އަށް އާންމުންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް ކަމަށް މީޑިއާގައި ބުނަން ފަށައިފި އެވެ.

އެހެން އަހަރުތަކާއި ހިލާފަށް ބިގް ބޮސްގެ ބައިވެރިން އުޅޭ ގޭގައި ލިބޭ ހިދުމަތްތަކަށް މިފަހަރު ވަނީ ބޮޑެތި ބަދަލު ތަކެއް ގެނެސްފައި އެވެ. އާންމުކޮށް އެ ގޭގައި ހުންނަނީ ސިޓިން ރޫމާއި ބޮޑު ބަދިގެއަކާއި، ނިދާ ބައިތަކުގެ އިިތުރުން ގެއިން ބޭރުގައި އުޅެވޭގޮތަށް ހުންނަ ގޯތިތެރެ އާއި ޖިމަކާއި އެކި ކަހަލަ ކުޅިވަރުތައް ކުޅޭނެ ތަންތަނެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މިފަހަރުގެ ސީޒަންގައި ބިގް ބޮސްގެ ގޭގައި ސިނަމާއެއްގެ އިތުރުން ޝޮޕިން މޯލްއެއް ހުރެ އެވެ. މިއީ ޝޯއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީ ފޯރި ގަދަކޮށްދެނެ ކަމެކެވެ.

އިންޑިއާގެ އެންމެ މަގުބޫލު ރިއަލިޓީ ޝޯތަކުގެ ތެރޭގައި ހިމެނޭ ބިގް ބޮސް 14 މިރޭ ފަށާއިރު ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި މިފަހަރުގެ ސީޒަންއަށް އާންމުންގެ މެދުގައި މާބޮޑު ތަރުހީބެއް ނެތެވެ. ބައެއް އޮންލައިން ނޫސްތަކުގައި ކުރިޔަށް ގެންގޮސްފައިވާ ވޯޓުތަކުގައި 60 ޕަސެންޓަށް ވުރެ ގިނަ މީހުން ވަނީ މިފަހަރުގެ ޝޯ ނުބަލާނެ ކަމަށް ބުނެފައި އެވެ.

އެ ޝޯ ގަވައިދުން ބަލާނެ ކަމަށް ބުނެފައިވަނީ 25 ޕަސެންޓު މީހުންނެވެ. ވަކި ގޮތަކަށް ނުނިންމާ ބަޔަކުވެސް އުޅެ އެވެ.

މިފަހަރުގެ ސީޒަނަށް އާންމުންގެ މެދުގައި މަގުބޫލުކަން ނެތް ސަބަބު ތަކުގެ ތެރޭގައި އިންޑިއާގެ ގައުމީ ކްރިކެޓް ލީގު ފެށުން ހިމެނެ އެވެ. ކްރިކެޓް މެޗުތައް ދައްކާ ގަޑިއާއި ދިމާވާ ރޭތަކަކު ބިގް ބޮސް ނުބަލާނެ ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

އާންމުކޮށް ކޮންމެ އަހަރަކުވެސް ބިގް ބޮސް ދައްކަން ފަށަނީ އޭޕްރިލް މަހުގެ ތެރޭގައި އެވެ. ޝޯ ދެއްކުން ފަސް ކުރަން ޖެހުނީ ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުންނެވެ.

މިފަހަރުވެސް ބިގް ބޮކް ހުށަހަޅައިދެނީ ސަލްމާން ހާން އެވެ. މިފަހަރުގެ ބިގް ބޮސްގައި ބައިވެރިވާ މީހުންގެ ރަސްމީ ލިސްޓެއް އަދި ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް