ދާންދޫ ގްރޫޕު މާރާމާރީ އާއި ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި

ގއ. ދާންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީ އާއި ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ. މި މާރާމާރީ ހިންގީ އިއްޔެރޭ އެވެ. އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެރޭ 11:45 ހާއިރު އެވެ. މާރާމާރ...

02 Oct 2020 | 19:35

ގއ. ދާންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީ އާއި ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.

މި މާރާމާރީ ހިންގީ އިއްޔެރޭ އެވެ. އެކަން ފުލުހުންނަށް ރިޕޯޓު ކުރީ އެރޭ 11:45 ހާއިރު އެވެ.

މާރާމާރީގައި ތިން މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އަދި ފަހުން ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި އެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ބައިވެރިކަމުގެ ތުހުމަތުގައި ނުވަ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް