ރާއްޖެ އިން އިތުރުން 44 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ޕޮސިޓިވްވި މީހުންގެ ތެރެއިން މާލެއިން ޕޮސިޓިވްވެފައިވަނީ 40 މީހުން ކަމަށެވެ. އަނެއް ހަތަރު މީހުންނަކީ އަތޮޅުތެރެއިން ޕޮސިޓިވްވި މީހުންނެވެ،
އަލަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 38 ދިވެހިންނާއި ހަ ބިދޭސީންނެވެ. އެއީ އިއްޔެ ޓެސްޓު ކުރި 1،519 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވި މީހުންނެވެ.
މިހާޜު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،144 މީހުންނަށެވެ. މީގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ79 މީހުންނަށެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 9،213 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10،398 މީހުންނެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް