ޔޫއެފާ ނޭޝަންސް ލީގުގެ ކުޅުން މިރޭ ފެށުނު އިރު، ފުރަތަމަ މެޗުގައި ބައްދަލު ކުރީ ލެޓިވަިއާ އަދި އެންޑޯރާ އެވެ. މިއީ ލީގު ޑީގެ ގްރޫޕް 1 ގެ މެޗެކެވެ.
އެންޑޯރާ އަދި ލެޓިވާ ބައްދަލުކުރި މި މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ލެޓިވިއާއިންނެވެ. އެގޮތުން އެޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތު ތަކެއް ވެސް ލިބި ބޭކާރު ވެގެން ގޮސްފައެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމި ދެވަނަ ހާފަށް ކުޅެން ނިކުމެވެސް މެޗު ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން އައީ ލެޓިވިއާއިންނެވެ. ނަމަވެސް މެޗުގެ ނަތީޖާ ބަދަލު ކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެންޑޯރާ އަށެވެ. އެއީ މެޗުގެ 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެވެ. ނަމަވެސް އެންޑޯރާ އަށް ލިބުނު މި ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
ގިނަ ކާޑުތަކެއް ފެނިގެން ދިޔަ މި މެޗުގައި ރަތް ކާޑެއްވެސް ވަނީ ފެނިގެން ގޮސްފައެވެ. އެއީ މެޗުގެ 71 ވަނަ މިނެޓުގައި އެންޑޯރާގެ ގޯލްކީޕަރު ގުކޮވަސްކިސް އަށް ދެއްކި ރަތްކާޑެވެ.
މި ކާޑާއި މެޗުގެ ބާކީ 20 މިނެޓު އެންޑޯރާއިން ކުޅެމުން ދިޔައީ 10 ކުޅުންތެރިންނާއި އެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް