އިތުރު 141 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިއަދު ރާއްޖެއިން އިތުރު 141 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވާ 141 މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެއްސަކާއި 43 ބިދޭސީއެކ...

03 Sep 2020 | 17:07

މިއަދު ރާއްޖެއިން އިތުރު 141 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވާ 141 މީހުންގެ ތެރޭގައި ހިމެނެނީ 98 ދިވެއްސަކާއި 43 ބިދޭސީއެކެވެ. ޕޮޒިޓިވް ވާ ބިދޭސީން ނިސްބަތްވާ ގައުމު އެޗްޕީއޭއިން މިހާރު ހާމައެއް ނުކުރެއެވެ.

މިއަދު 141 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވީ ޖުމްލަ އަދަދު މިވަނީ 8281 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް