ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް: ސުޖާއު

ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެއެވެ. ޓީޓީ އެސޯސިއޭޝަނުން މިއަދު ހަވީރު ...

03 Sep 2020 | 15:21

ޓީޓީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުންދަނީ ދެފުށް ފެންނަ ގޮތަށް ކަމަށް ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއު ވިދާޅުވެއްޖެއެވެ.

ޓީޓީ އެސޯސިއޭޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ، ޓީޓީގެ އިންތިޚާބުގެ ހުރިހާ ކަމެއް މިހާތަނަށް ގެންގޮސްފައިވާނީ އިންސާފުވެރިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ފޮލޯ ކުރަނީ ދިވެހިރާއްޖޭގެ ކުޅިވަރާ ބެހޭ ގާނޫނުގައިވެސް ހިމެނޭ ޙުދޫދުގެ ތެރެއިން އެއާ ތައާރަޒް ނުވާނެ ގޮތަށް ކަމަށެވެ. އަދި ހިންގާ ގަވާއިދު ތަންދޭ މިނުން، އައިޓީޓީއެފްއިން ކަނޑައަޅާފައިވާ ސްޓެޓިއުޑްސްގެ ތެރެއިން ކަމަށެވެ.

"ނަމަވެސް ދެރަވާން ޖެހޭ ކަމަކީ، މިކަން އޮމާންކަމާ އެކު ކުރިއަށް ދަނިކޮށް، ކޯޓު މަރުހަލާއެއްގެ ތެރެއިން މިކަން ކުރުމަށް ބަޔަކު ބޭނުން ވުމުން،" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ އިންތިޚާބުގެ ކަންކަން ބަލަހައްޓަމުން ގެންދަނީ އިންތިޚާބީ ކޮމިޓީން ކަމަށެވެ. އަދި އެކަމުގެ ތެރެއަށް މިހާރުގެ އެކްސްކޯއިން ނުވަންނާނެ ކަމަށެވެ.

ސުޖާއު ވިދާޅުވީ، މި މައްސަލަ ކޯޓުން ބެލޭނެ ކަމަށް އެއްވެސް ހާލަތެއްގައި ގަބޫލު ނުކުރައްވާ ކަމަށާއި، ކުޅިވަރުތަކުގެ ތެރެއަށް މިފަދަ ނުފޫޒުތައް ވަނުމަކީ ބިރުވެރި ކަމެއް ކަމަށެވެ.

ދުނިޔޭގެ ޓީޓީގެ މައި އިދާރާ، އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑަރޭޝަނުން (އައިޓީޓީއެފް) އިން ވަނީ މިނިވަންކަމާއެކު އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މެންބަރުން ހިމެނޭ ގޮތަށް ޓީޓީގެ އިންތިޚާބީ މައްސަލަ ކޯޓަށް ހުށައަޅާފައިވާތީ އެ މައްސަލަ ކުރިއަށްދާ ނަމަ ޓީޓީ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް