ލ.ފޮނަދޫއިން މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
"ދުވަސް" އަށް މިކަން ކަށަވަރު ކޮށް ދެއްވަމުން ފޮނަދޫ ކައުންސިލުގެ ރައީސް އަޙުމަދު ރިޔާޒް ވިދާޅުވީ، އެރަށުން ފައްސި ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކަމަށެވެ.
"މާލެއިން ކަރަންޓީނަށް އައި ބިދޭސީއެއް އެއީ. ކަރަންޓީނުގެ މުއްދަތު ހަމަވެގެން އިއްޔެ އޭނަގެ ސާމްޕަލް ނެގީ. މިއަދު އިރުއޮއްސުނު އިރު ނަތީޖާ ލިބިގެން އެނގުނީ ކޮވިޑަށް ފައްސިކަން. އެމީހާ އަދިވެސް ހުރީ ކަރަންޓީނުގައި. ކަރަންޓީނުގައި ހުރި މީހެއް ވީމަ ރަށް މޮނީޓަރިންއަށް ނުލާނެ" ރިޔާޒް ވިދާޅުވިއެވެ.
ފޮނަދޫއިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، މިއީ އެރަށުން ކޮވިޑް-19 އަށް ފައްސިވި ފުރަތަމަ މީހާއެވެ.
ތަފްސީލު އަންނަނީ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް