ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމެއް މީޑިއާ ކައުންސިލުން ބާއްވަނީ

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން " ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" ގެ ނަމުގައި އޮމްލައިން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ. މޯލްޑިވް...

03 Sep 2020 | 13:31

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން " ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް" ގެ ނަމުގައި އޮމްލައިން ޕްރޮގްރާމެއް ހިންގުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނީ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމަކީ 1 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމު ފަށާނީ މި ސެޕްޓެމްބަރ މަހުގެ 16 ގައި ކަމަށްވެސް ބުންޏެވެ.

އެ ކައުންސިލުން ބުނީ ބައިވެރިވާން ބޭނުން ފަރާތްތަކުން އެ ކައުންސިލުގެ ވެބްސައިޓުގައިވާ ގޫގަލް ފޯމު ފުރިހަމަކުރުމަށް އެދޭ ކަމަށެވެ. އަދި މި މަހުގެ 10 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން އެކައުންސިލަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށްވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން ބުނީ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ޚާއްސަ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ. އަދި އިތުރު މަޢުލޫމާތު 7967919 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް