އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރްޖީ އަވަހަރާވުމާ ގުޅިގެން މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފި އެވެ.
ތައުޒިޔާގެ ދަފްތަރުގައި މިނިސްޓަރު ޝާހިދު ލިޔުއްވި މެސެޖްގައި، އިންޑިއާގެ 13 ވަނަ ރައީސް ޕްރަނާބް މުކަރްޖީ އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ރައީސް މުކަރްޖީ އިންޑިއާގެ ޚާރިޖީ ވަޒީރުކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި މިނިސްޓަރު ޝާހިދުވެސް ރާއްޖޭގެ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައި، ދެބޭފުޅުން އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އުފާ ލިބިވަޑައިގެންނެވިކަމަށް ވިދާޅުވިއެވެ.
އަދި އެމަނިކުފާނު 2007 ވަނަ އަހަރު އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މަރުޙަބާ ދެންނެވީ ރައީސް މުކަރްޖީކަންވެސް ފާހަގަކުރެއްވިއެވެ.
އިންޑިއާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސް ޕްރަނާބް މުކަރްޖީގެ އާއިލާއަށް މިނިސްޓަރ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް