މިއަހަރު ގައުމީ ޤުރުއާން މުބާރާތް ނުބާއްވަން ނިންމައިފި

މިއަހަރުގެ ގައުމީ ޤުރުއާން މުބާރާތް ނުބާއްވަން ނިންމައިފި އެވެ. ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތް ނުބާއްވާގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެންނެވެ. ގައުމީ ޤ...

03 Sep 2020 | 11:12

މިއަހަރުގެ ގައުމީ ޤުރުއާން މުބާރާތް ނުބާއްވަން ނިންމައިފި އެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތް ނުބާއްވާގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެންނެވެ.

ގައުމީ ޤުރުއާން މުބާރާތަކީ ރާޢްޖޭގެ ގިނަ އަދަދެއްގެ ސްކޫލްތަކާއި ޤުރުއާން ކްލާސްތަކާއި އަމިއްލަ ފަރާތްތަކުން ބައިވެރިވެގެން ބާއްވާ ބޮޑު މުބާރާތެކެވެ. ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން ވަނީ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އަންގާފައި އެވެ.

ކޮންމެ އަހަރަކު މުބާރާތް ބާއްވަނީ މާލޭގައި އެވެ. ކޯވިޑް-19 އާއި ގުޅިގެން މުބާރާތް ނުބާއްވާ ގޮތަށް ނިންމި އިރު މާލޭގައި ހަލުވިކަމާއި ދަނީ ކޯވިޑް-19 ފެތުރެމުންނެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ 33 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި 1،273 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ ގުރުއާން މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް