ޔޫރަޕުގެ ގައުމުތަކަށް ހާއްސަކޮށްގެން 2018 ވަނަ އަހަރު ބާއްވަން ފެށި، ޔޫއެފާ ނޭޝަންސް ލީގުގެ ދެވަނަ މުބާރާތުގެ ކުޅުން މިރޭ ފަށާނެއެވެ.
މިރޭ ފެށޭ މި މުބާރާތަކީ ޔޫރަޕުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފީފާ އިންޓަރނޭޝަނަލް ބްރޭކުގައި ކުޅެން ހަމަޖައްސާފައިވާ ލީގު އުސޫލުން ކުޅޭ މުބާރާތެކެވެ.
މި މުބާރާތުގައި ޔޫއެފާގެ މެމްބަރު 55 ގައުމު ވަނީ ރޭންކިން އަށް ބެލުމަށްފަހު 4 ލީގަކަށް ބަހާލެވިފައެވެ.
ލީގު-އޭ އަދި ލީގު-ބީ، އަދި ލީގު-ސީ ކޮންމެ ލީގެއްގައި 16 ޓީމު ހިމެނޭއިރު، ލީގު-ޑީ ގައި 7 ޓީމު ހިމެނެއެވެ. ކޮންމެ ލީގެއްވެސް ކުޅެވިގެން ދާނީ 4 ގުރޫޕަކަށް ބަހާލައިގެންނެވެ.
އެގޮތުން މިރޭ ނޭޝަންސް ލީގުގެ އާ މުބާރާތް ފަށާއިރު، މިރޭ ކުޅެން ހަމަ ޖެހިފައިވަނީ ލީިގު އޭ ގްރޫޕް 4 ގެ 2 މެޗަކާއި ލީގު ބީ ގްރޫޕް 3 ގެ 2 މެޗަކާއި ލީގު ބީ ގުރޫޕް 4 ގެ 2 މެޗާއި ލީގު ސީ ގުރޫޕް 3 ގެ 2 މެޗަކާއި އަދި ލީގު ޑީ ގްރޫޕް 1 ގެ 2 މެޗެކެވެ.
އެގޮތުން މިރޭ މުބާރާތް ފެށިގެން ދާނީ ލެޓިވިއާ އާއި އެންޑޯރާ ބައްދަލުކުރާ މެޗުންނެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ.
މިރޭ ދެން ކުޅޭ ހުރިހާ މެޗެއްވެސް ކުޅޭނީ އެއްވަގުތެއްގަ އެވެ. އެއީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ. މި ގަޑީގައި 11 މެޗެއް ކުޅޭގޮތަށް ވަނީ ހަމަ ޖައްސާފައެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅެން ހަމަޖެހިފައިވާ މެޗުތަށް:
ލީގު ޑީ ގުރޫޕް 1
9:00 ގައި ލެޓިވިއާ - އެންޑޯރާ
11:45 ފެރޯ އައިލެންޑް - މޯލްޓާ
ލީގު އޭ ގްރޫޕް 4
11:45 ޖާމަނީ - ސްޕެއިން
ޔޫކްރެއިން - ސްވިޒަލެންޑް
ލީގް ބީ ގުރޫޕް 3
11:45 ގައި ރަޝިއާ - ސާބިއާ
ތުރުކީ - ހަންގޭރީ
ލީގް ބީ ގްރޫޕް 4
11:45 ގައި ބަލްގޭރިޔާ - އަޔަލެންޑް
ފިންލެންޑް - ވޭލްސް
ލީގް ސީ ގުރޫޕް 3
11:45 ގައި މޮލްޑޯވާ - ކޮސޯވޯ
ސްލޮވީނިއާ - ގްރީސް
މި މުބާރާތުގެ ލީގު މެޗުތައް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
ނޭޝަންސް ލީގުގައި ހިމެނޭ ލީގު އޭ، ބީ އަދި ސީ ގެ ގުރޫޕްތަކުގެ ފުލަށްދާ ޓީމުތައް 2021/22 ވަނަ އަހަރު އޮންނަ މުބާރާތުގައި ޖެހިގެން އޮންނަ ލީގަށް ރެލިގޭޓް ވާއިރު، ލީގު ބީ، ސީ އަދި ޑީ ގެ ގުރޫޕްތަކުން އެއްވަނަ ހޯދާ ޓީމެއް އެއަށްވުރެ މަތީ ލީގަކަށް ޕްރޮމޯޓް ވާނެއެވެ. ލީގު ބީ، ސީ، އަދި ޑީ ގައިވެސް ހަމައެކަނި ކުޅޭނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ.
ހަތަރު ލީގުގައި 16 ގްރޫޕް ހިމެނޭއިރު ކޮންމެ ގްރޫޕަކުންވެސް ޗެމްޕިއަންކަން ހޯދާ ގައުމަކަށް 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމުގެ ގޮތުން ކުޅެވޭ ޕްލޭ އޮފުން ފުރުސަތު ލިބޭނެއެވެ. މީގެ ކުރިން ޔޫރޯ ކޮލިފައިންގައި ގްރޫޕުގެ ތިންވަނައަށްދާ ގައުމުތަކަށް ޕްލޭ އޮފުން ފުރުސަތު ލިބުނު ނަމަވެސް ދެން މި ފުރުސަތު ލިބޭނީ ނޭޝަން ލީގުގެ 16 ގްރޫޕުގެ ޗެމްޕިއަނުންނަށެވެ.
ނަމަވެސް 16 ގައުމުގެ ތެރޭގައި ޔޫރޯއަށް ކޮލިފައިވެފައިވާ ގައުމެއް ހިމެނޭނަމަ ލީގުގައި އެންމެ ރަނގަޅަށް ރޭންކު ކުރެވިފައި އިންނަ އިތުރު ޓީމަކަށް ޔޫރޯ 2024 ގެ ޕްލޭއޮފުން ފުރުސަތު ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް