އެމްޑަބްލިއުއެސްސީގެ ހިޔާ ފްލެޓުތަކަށް ކުރިމަތިލީ ހުރިހާ އެންމެނަށް ފްލެޓު ލިބޭނެ ކަމަށް އެ ކުންފުނީން ބުނެފިއެވެ.
މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ، މި ފްލެޓުތަކަށް ކުރިމަތިލީ 72 މީހުން ކަމަށާއި އެ އެންމެންނަށްވެސް މިހާރު ވަނީ ފްލެޓު ޔަގީންވެފައި ކަމަށެވެ.
ޝާހު ވިދާޅުވީ، ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ގިނައިން ކުރިމަތިލާފައި ވަނީ ދެ ރޫމާއި ތިން ރޫމުގެ އެޕާޓްމަންޓުތަކަށް ކަމަށެވެ.
ޝާހު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ނިންމަން ދީފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 26 އަށް ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން އެތަނަށް ބޭނުންވާ ތަކެތި ހޯދަން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، ޝެޑިއުލްގައިވާ ތާރީހަށް އެތަން ނިންމައި އަންނަ އަހަރުގެ ޖޫން މަހު ފްލެޓްތަކަށް ވަދެވޭވަރު ވާނެ ކަމަށް ޝާހު ވިދާޅުވި އެވެ.
ފްލެޓު ލިބޭ މުވައްޒަފުންނަށް ފްލެޓަށް ފައިސާ ދެއްކުމުގެެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ ވާހަކަ ދައްކަމުން ގެންދާކަމަށްވެސް ޝާހު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް