ސަފާރީ ރޭޕް ކޭސްގައި ޝާމިލުވާ ފަރާތްތަކަށް ދަޢުވާކުރަން ފޮނުވަން ތައްޔާރުވެއްޖެ

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއް ގައި ހުރި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގާ ޝާމިލުވާ މީހުންނަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދ...

03 Sep 2020 | 08:23

ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއް ގައި ހުރި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލައިގާ ޝާމިލުވާ މީހުންނަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ ދޢުވާ ކުރުމަށް ވީހާވެސް އަވަހަކަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ސަފާރީ ރޭޕްކޭސްއާ ގުޅިގެން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ބުނެފައިވަނީ ޖިންސީ ގޯނާ އަށްވުރެ ބޮޑުކަމެއް ސަފާރީގައި ހިނގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ މައްސަލަ އާއި ގުޅިގެން 11 މީހެއްގެ ބަޔާން ނަގައި ވިކްޓިމްގެ ފޯނު ސަފާރީ އޮތް ސަރަހައްދުން ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ރައްޓެއްސެއްގެ ދައުވަތަކަށް ސަފާރީއަށް ދިޔަ އެ އަންހެން މީހާއާ އެކު ސަފާރީ ތެރޭގައި ހަތް މީހަކު ތިބިކަމަށްވެސް ޕްރެސް ކޮންފަރެންސްގައި ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައި އޮތް ސަފާރީގައި ޢުމުރުން 27 އަހަރުގެ ކެންޔާގެ އަންހެނަކު ރޭޕްކުރި މައްސަލައިގެ ތަހުގީގުގެ ބޮޑުބައި މިހާރުނިމިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް