ރޮކް އާއި އާއިލާގެ އިތުރު ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން (ރޮކް) ޖޯންސަން އާއި އޭނާގެ އާއިލާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. 48 އަހަރުގެ އެކްޓަރު ބުނީ އޭނާގެ އަނބިމީހާ ލޯރެން އާއި ހަތަރު އަހަރުގެ ދަރިފުޅު ޖޭސްމިން އަދި ދެ...

03 Sep 2020 | 07:39

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޑްވޭން (ރޮކް) ޖޯންސަން އާއި އޭނާގެ އާއިލާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

48 އަހަރުގެ އެކްޓަރު ބުނީ އޭނާގެ އަނބިމީހާ ލޯރެން އާއި ހަތަރު އަހަރުގެ ދަރިފުޅު ޖޭސްމިން އަދި ދެއަހަރުގެ ދަރިފުޅު ޓިއާނާ ވެސް ކޮވިޑް-19 އަށް ފައްސި ވުމަށް ފަހު މިހާރު ބަލިން ރަނގަޅު ވަމުން އަންނަ ކަމަށެވެ. ރޮކް ބުނީ އޭނާގެ އާއިލާ އާއި ހަމައަށް ކޮވިޑް-19 އާއި އާއިލާގެ ބައެއް މެންބަރުންނާއި ވަރަށް ގާތް ރަހުމްތެރިންގެ ގައިންނެވެ.

ރޮކް ބުނީ އޭނާގެ ހުރިހާ ސަޕޯޓަރުން ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި މީހުން ގެއިން ބޭރަށް ނުނިކުތުމަށް އެދޭކަމަށެވެ. އޭނާ ވެސް ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ކުރިން ވެސް ގެއިން ނުނިކުންނަ ކަމަށާއި އެގަވައިދަށް މިހާރު އަދި މާބޮޑަށް ތަބާވާ ކަމަށް ރޮކް ބުންޏެވެ.

https://www.instagram.com/tv/CEppiNRlpvs/?utm_source=ig_embed

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ހާމަކުރި ވީޑިއޯއާ އެކު ރޮކް ވަނީ އެ ބަލިން ރައްކާތެރިވެ ތިބުމަށް އާންމުން ސާފުތާހިރުކަމަށް އިސްކަން ދިނުމާއި މާސްކް އެޅުމާއި އާއިލާގެ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމާއި ސިއްހަތަށް ބަލައިގެން އުޅުމާއި ގެއަށް ޒިޔާރަތްކުރާ މީހުންނާ ދޭތެރޭ ހާއްސަ ސަމާލުކަމެއް ބެހެއްޓުމާއި ޕޮޒިޓިވްކޮށް ވިސްނަން ޖެހޭ ކަމަށް ބުނެ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް