މާލޭ ސިޓީގެ ސްކޫލްތައް އިތުރު ދެ ހަފްތާއަށް ބަންދުކޮށްފި

މާލޭ ސިޓީގެ ސްކޫލްތައް އިތުރު ދެ ހަފްތާއަށް ބަންދުކޮށްފި އެވެ. ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގެ ސްކޫލްތައް އީދު ބަންދަށް ފަހު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހުޅުވާފައެއް ނުވެ އެވެ. އެ ބަންދަށް ފަހު...

03 Sep 2020 | 07:34

މާލޭ ސިޓީގެ ސްކޫލްތައް އިތުރު ދެ ހަފްތާއަށް ބަންދުކޮށްފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީގެ ސްކޫލްތައް އީދު ބަންދަށް ފަހު މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހުޅުވާފައެއް ނުވެ އެވެ. އެ ބަންދަށް ފަހު ސްކޫލްތައް ނުހުޅުވަން ނިންމީ މާލޭގައި ކޯވިޑް ފެތުރުން މާބޮޑަށް އިތުރުވުމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މާލޭ ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިޔަށް ނުގެންދާނީ މިމަހުގެ ހަވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި މުއްދަތުގައި މާލޭ ސްކޫލްތަކުގައި ކިޔަވައިދިނުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް ނިންމީ އެޗްޕީއޭ އާއި ކަމާ ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި މިގޮތަށް ނިންމުމުގައި އެންމެ ބޮޑަށް ބެލީ މާލޭގައި ކޯވިޑް-19 ގެ ހާލަތަށް ކަމަށް ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ދެ ހަފްތާއަށް ފަހު މި ނިންމުން އަލުން މުރާޖާ ކުރާނެ ކަމަށެވެ.

https://twitter.com/MoEdumv/status/1301419736698241024

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ މާޗް މަހު ރާއްޖޭގެ ހުރިހާ ސްކޫލެއް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ ޖުލައި އެއް ވަނަ ދުވަހު އެވެ. ސްކޫލްތައް ހުޅުވީ ވަރުގަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު އެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ސްކޫލް މާހައުލުގައި ބަލި ފެތުރުމުގެ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް