އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކޮށްފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކޮށްފި އެވެ. އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ ހެކް ކުރުމަށް ފަހު އެމީހުން ކުރަމުންދިޔަ ކަންކަން ތަހުގީގު ކ...

03 Sep 2020 | 07:33

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކޮށްފި އެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މީޑިއާގައި ބުނެފައިވަނީ ހެކް ކުރުމަށް ފަހު އެމީހުން ކުރަމުންދިޔަ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މޯދީގެ ރަސްމީ ޓުވިޓާ އެކައުންޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހެކް ކުރި މީހުން ވަނީ ގިނަ އަދަދެއްގެ ޓުވީޓުތަކެއް ކޮށްފައި އެވެ. މުޅިންވެސް އެދިފައިވަނީ ފައިސާގެ ބޮޑެތި އަދަދުތަކުން މޯދީ ރިލީފް ފަންޑަށް ފައިސާގެ އެހީ ދިނުމަށެވެ. މި ޓުވީޓުތައް މިހާރު ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ޑިލީޓް ކޮށްލާފައި އެވެ.

2.5 މިލިއަން ފޮލޯ ކުރާ ރަސްމީ ޓުވިޓާ އެކައުންޓު ބަލަހައްޓަނީ މޯދީގެ އަމިއްލަ ވެބްސައިޓު މެދުވެރިކޮށެވެ. ރަސްމީ ޓުވިޓާ އެކައުންޓު ހެކް ކުރިނަމަވެސް މޯދީގެ އަމިއްލަ ޓުވިޓާ އެކައުންޓު ހެކް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ މިހާ މަތީ މަގާމެއްގެ މީހެއްގެ ރަސްމީ ޓުވިޓާ އެކައުންޓު މި ފަހުން ހެކް ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގާފައިވަނީ އެމެރިކާގައި މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ގައުމުގެ ބައެއް ސިޔާސީ ފަރާތްތަކުގެ ޓުވިޓާ އެކައުންޓު ހެކްކޮށްގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް