ކަރަންޓީނާއި ހިލާފުވެގެން ޖޫރިމަނާ ކުރަން ފަށައިފި، ފުރަތަމަ މީހާ ޖޫރިމަނާ ކުރީ 2،500 ރުފިޔާއިން

ހޯމް ކަރަންޓީނާއި ހިލާފުވެގެން ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާކޮށްފި އެވެ. ފުލުހުން ބުނީ ޖޫރިމަނާކޮށްފައިވަނީ ކ. ގުރައިދޫ ހޯމް ކަރަންޓީންގައި ހުރި 39 އަހަރުގެ ފިރިހެނެއްކަމަށެވެ. ފުލުހުން ބުނީ އެމީހ...

03 Sep 2020 | 07:10

ހޯމް ކަރަންޓީނާއި ހިލާފުވެގެން ފުރަތަމަ ފަހަރަށް މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ޖޫރިމަނާކޮށްފައިވަނީ ކ. ގުރައިދޫ ހޯމް ކަރަންޓީންގައި ހުރި 39 އަހަރުގެ ފިރިހެނެއްކަމަށެވެ.

ފުލުހުން ބުނީ އެމީހާ ޖޫރިމަނާ ކުރީ އެކެހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއިބެހޭ ގަވައިދަށް ފުރަތަމަ އިސްލާހް ގެނެވި އެގަވާއިދުގެ ތެރެއަށް އަލަށް އިތުރުކުރި 13 ވަނަ މާއްދާގެ ށ ގެ ދަށުން ކަމަށެވެ. ފުލުހުން ވަނީ ކަރަންޓީން ކުރުމުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެފައި އެވެ.

ކަރަންޓީން ކުރުމާއި ބެހޭ ގަވައިދަށް އިސްލާހު ގެނެސް ހަރުކަށި ކުރަން ޖެހުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށެވެ. އަދި އަތޮޅު ތެރެއަށް ބަލި ފެތުރުން ކޮންޓްރޯޯލް ކުރުމަކީ މި ގަވަދައިދު ހަރުކަށި ކުރި އެންމެ މުހިންމު ސަބަބެވެ.

އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް ދާ ބައެއް މީހުން މަދުން ނަމަވެސް ކަރަންޓީންގައި ހުންނަ މުއްދަތުގައި ބޭރަށް ނުކުމެ ހަދާކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް