އެމްޑަބްލިއުއެސްސީގެ ހިޔާ ފްލެޓުގެ އެއްޓަވަރުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެއެވެ.
މިކަން ހާމަކުރެއްވީ އެމްޑަބްލިއުއެސްސީ ހިޔާ ޕްރޮޖެކްޓާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު އެވެ.
ޝާހު ވިދާޅުވީ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ދަށުން އެ ކުންފުންޏަށްވެސް 15 ބުރީގެ 2 ޓަވަރ އެޅުމަށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއްޓަވަރުގެ ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ.
އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ 2 ޓަވަރުގެ ތެރެއިން އެއްޓަވަރުގެ ހުރިހާ މަސައްކަތެއް ކުރަނީ އެ ކުންފުނީގެ ޚަރަދުގައި ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން ރޭނުމުގެ މަސައްކަތުގެ 55 އާ 60 ޕަސެންޓު ނިމިފައިވާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް