ލޯނުތަކަށް މިމަހުން ފެށިގެން އަލުން ފައިސާ ދައްކަން ޖެހޭނެ: އެޗްޑީއެފްސީ

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ނަގާފައިވާ ލޯނުތައް ލަސްކޮށްދީފައިވަނީ އޮގަސްޓްމަހުގެ ނިޔަލަށްކަމަށާއި، މިމަހުން ފެށިގެން އަލުން ފައިސާ ދައްކަން ޖެހޭނެކަމަށް އެ ކުންފު...

03 Sep 2020 | 04:56

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ނަގާފައިވާ ލޯނުތައް ލަސްކޮށްދީފައިވަނީ އޮގަސްޓްމަހުގެ ނިޔަލަށްކަމަށާއި، މިމަހުން ފެށިގެން އަލުން ފައިސާ ދައްކަން ޖެހޭނެކަމަށް އެ ކުންފުނިން އަންގައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން އެޗްޑީއެފްސީން ނަގާފައިވާ ލޯނުތައް މާޗު މަހުން ފެށިގެން 6 މަހަށް ވަނީ ފަސްކޮށްދީފައެވެ.

ލޯނު ފަސްކޮށްދެމުން އެޗްޑީއެފްސީން ބުނީ ކޯވިޑް-19ގެ ސަބަބުން ފަރުދުންގެ ދިރިއުޅުމުގެ އާންމު ހާލަތަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ރާއްވަވައި ކުރިޔަށްގެންދަވާ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ލޯނުދެއްކުން 6 މަހަށް ފަސްކޮށްދީފައިވާކަމަށެވެ. ނަމަވެސް މިދިޔަމަހު އެ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފައިސާ ދެއްކުން ލަސްކޮށްދީފައިވަނީ އޮގަސްޓްމަހުގެ ނިޔަލަށްކަމަށެވެ.

އެހެންކަމުން ސެޕްޓެމްބަރުމަހުން ފެށިގެން ސްކީމްތަކަށް އަލުން ފައިސާ ދައްކަންޖެހޭނެކަމަށް އެޗްޑީއެފްސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް